އައިފޯން 18 ޕްރޯ އާއި ޕްރޯ މެްކްސް އަދި އެޕަލްވެ ފުރަތަމަ ފަތް ޖެހޭ އައިފޯން ދައްކާލައިފި

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އާއި އައިފޯން 18 ޕްރޯ މެކްސް އަދި އެ ކުންފުނީގެ ފުރަތަމަ ފަތް ޖެހޭ އައިފޯން ޚާއްޞަ ހަފުލާގައި ދައްކާލައިފިއެވެ. މި ހަފުލާ ...

09 Sep 2026 | 18:09
އައިފޯން 18 --

އައިފޯން 18 --

އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އާއި އައިފޯން 18 ޕްރޯ މެކްސް އަދި އެ ކުންފުނީގެ ފުރަތަމަ ފަތް ޖެހޭ އައިފޯން ޚާއްޞަ ހަފުލާގައި ދައްކާލައިފިއެވެ.

މި ހަފުލާ ހުށަހަޅައިދިނީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު ޓިމް ކުކްގެ ފަރާތުން ކުންފުނީގެ ވެރިކަމާ ހަވާލުވި ޖޯން ޓާނަސްއެވެ. ޓާނަސްގެ ބެލުމުގެ ދަށުން ބޭއްވި މި ހަފުލާއަކީ 2017 ވަނަ އަހަރު އައިފޯން އެކްސް އިން ފިޒިކަލް ހޯމް ބަޓަން ނެގި ފަހުން އެޕަލްގެ މައި ޕްރޮޑަކްޓަށް ގެނައި އެންމެ ބޮޑު ބަދަލެވެ.

އައިފޯން 18 ޕްރޯގެ އަގަކީ 1,199 ޑޮލަރެވެ. އައިފޯން 18 ޕްރޯ މެކްސްގެ އަގަކީ 1,299 ޑޮލަރެވެ. ޕްރީ-އޯޑަރު ކުރާ ފޯނުތައް ސެޕްޓެމްބަރު 18 ގައި ފޮނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޑިޒައިނުގެ ގޮތުން މި ފޯނު ކުރީ އަހަރުގެ 17 ޕްރޯ އާ ވައްތަރު ނަމަވެސް ގްލޭޝާ އަދި ބާގެންޑީ ކުލައިގެ ދެ އައު އޮޕްޝަން ހިމެނެއެވެ. މީގެ އިތުރުން ސިލްވާ އާއި ކަޅު ކުލަ ވެސް ލިބެއެވެ. ފޯނުގެ ސައިޒު ކުޑަކޮށް ކުރީ މޮޑެލްތަކަށް ވުރެ ކުޑައެވެ.

ޑައިނެމިކް އައިލެންޑް އަޕްގްރޭޑްކޮށް މިހާރު އެއް ފަހަރާ ތިން ޓާސްކް ހިންގެއެވެ. ކެމެރާ ހާޑްވެއާ އާއި ސޮފްޓްވެއާ ވެސް ވަނީ ބޮޑު ތަން ރަނގަޅުކޮށްފައެވެ. ވޭޕާ ޗެމްބާ ވެސް ވަނީ އަޕްގްރޭޑްކޮށްފައެވެ.

ބެޓެރީ ލައިފަށް ބަލާ އިރު އައިފޯން 18 ޕްރޯ މެކްސް އަކީ އައިފޯނެއްގެ ތާރީޚުގައި ބެޓެރީ ލައިފް އެންމެ ބޮޑަށް ރަނގަޅުވާނެ މޮޑެލް ކަމަށް އެޕަލް އިން ބުނެފައިވެއެވެ. ވީޑިއޯ ބަލާ ނަމަ ޕްރޯ އިން 36 ގަޑިއިރު ޕްރޯ މެކްސް އިން 45 ގަޑިއިރު ލިބެއެވެ. ޢާންމު ބޭނުމަށް ޕްރޯ އިން 24 ގަޑިއިރު ޕްރޯ މެކްސް އިން 30 ގަޑިއިރު ލިބޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 15 މިނެޓް ތެރޭ 50 އިންސައްތަ ޗާޖު ކުރެވޭ އިރު ފަސް މިނެޓް ވައިޔަޑް ޗާޖިން އިން ހަ ގަޑިއިރުގެ ވީޑިއޯ ޕްލޭބެކް ލިބެއެވެ.

މީގެ އިތުރުން އެޕަލް އިން ވަނީ ފަތް ޖެހޭ ފުރަތަމަ އައިފޯނު ވެސް ދައްކާލައިފައެވެ.

އެޕަލްގެ މި އައު ފޯނުތަކުގެ ޕްރީ-އޯޑަރު ފޮނުވުން ސެޕްޓެމްބަރު 18 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު ފަތް ޖެހޭ އައިފޯންގެ ވެސް ތަފްސީލީ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް