އެޕަލްގެ އިވެންޓަށް ބަލައިލަމާ: އެންމެ ތުނި އައިފޯނާއެކު އެ ދައްކައިލީ އައިފޯން 17އިގެ ޢާއިލާ

މަޝްހޫރު މަގުބޫލު ބިޔަ ޓެކު ކުންފުނި، އެޕަލްގެ އޯވ ޑްރޮޕިންގ އެޕަލް އިވެންޓް މިރޭ އެވަނީ ބާއްވައިފައެވެ. އެ އިވެންޓް މިހާރު އެ ވަނީ ނިމިވެސްފައެވެ. އެ އިވެންޓަށާއި އެ އިވެންޓުގައި ދައްކައިލި އައު އުފެ...

09 Sep 2025 | 18:18
އައިފޯން އެއަރ - ފޮޓޯ: އެޕަލް

އައިފޯން އެއަރ - ފޮޓޯ: އެޕަލް

މަޝްހޫރު މަގުބޫލު ބިޔަ ޓެކު ކުންފުނި، އެޕަލްގެ އޯވ

ޑްރޮޕިންގ އެޕަލް އިވެންޓް މިރޭ އެވަނީ ބާއްވައިފައެވެ. އެ އިވެންޓް މިހާރު އެ

ވަނީ ނިމިވެސްފައެވެ.

އެ އިވެންޓަށާއި އެ އިވެންޓުގައި ދައްކައިލި އައު އުފެއްދުންތަކަށް

ބަލައިލަމާ ހިނގާށެވެ.

އައިފޯން 17 ޢާއިލާ – ސްޕެކްސް އަދި ފީޗަރސްތައް

އެޕަލް އައިފޯން 17 ޢާއިލާއިން މިރޭ އެޕަލް އިން

ލޯންޗު އެ ކުރީ ހަތަރު މޮޑެލެކެވެ. އެއީ އައިފޯން 17، އައިފޯން 17 އެއަރ، އައިފޯން

17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް އެވެ.

ދެން ތަރުތީބުން ބަލައިލަމާ ހިނގާށެވެ.

އެޕަލް އައިފޯން 17

ޑިސްޕްލޭ ސައިޒަކީ 6.3 އިންޗިއެވެ. އެއީ ސުޕަރ

ރެޓީނާ އެކްސްޑީއާރް އޯލެޑް ޑިސްޕްލޭއެކެވެ. ޕްރޯމޯޝަންގެ ރީފްރެސް ރޭޓަކީ 120

ހާޓްޒް އެވެ. ޕީކް ބްރައިޓްނަސް އަކީ 3،000 ނިޓްސް އެވެ.

އަޅުވާފައިއެވަނީ އޭ19 މަރުކާގެ 6 ކޯރ

ސީޕީޔޫއެކެވެ. 5 ކޯރ ޖީޕީޔޫއެކެވެ. އައު ނިއުރަލް އިންޖީނެކެވެ.

ސްޓޯރޭޖާއި ރޭމް ސައިޒަށް ބަލައިލާއިރު 8 ޖީބީގެ

ރޭމް އެކެވެ. ސްޓޯރޭޖް 128 ޖީބީއިން ފެށިގެން 1 ޓީބީއާއި ހަމައަށެވެ.

ބެޓެރީ ސައިޒަކީ ގާތްގަނޑަކަށް 3،500 މިލިއެމްޕިއަރ

އެވެ.

އިތުރަށް ބަލައިލާނަމަ އިމްޕްރޫވްޑް ސެރަމިކް

ޝީލްޑާއި، 48 މެގަޕިކްސެލްގެ ޕްރައިމަރީ ކެމެރާއާއި އެޑްވާންސް އޭއައި އިމޭޖް

ޕްރޮސެސިންގ ފާހަގަކޮށްލެވެއެވެ.

އަައިފޯން އެއަރ

އިންތިހާ ފަތި ޑިޒައިނެކެވެ. ގާތްގަނޑަކަށް 5.5 އާ

5.6 މިލިމީޓަރުގެ ފަތިމިނެވެ. މިއީ އެޕަލްގެ ތާރީޚުގައި އެންމެ ފަތި ފޯނެވެ.

ޑިސްޕްލޭ ސައިޒަކީ 6.5 އިންޗިއާއި 6.6 އިންޗިއެވެ.

ޕްރޯމޯޝަން އޯލެޑް، 120 ހާޓްޒްގެ 3،000 ނިޓްސް ބްރައިޓްނަސްގެ ޑިސްޕްލޭއެކެވެ.

ޓައިޓޭނިއަމް ފްރޭމެއްގައި ސެރަމިކް ޝީލްޑް

ހިމެނޭއިރު އޭ 19 ޕްރޯ ޗިޕެކެވެ. މިޑް ރޭންޖް ޕޮޒިޝަނިންގެ ސިންގަލް ރިއަރ ކެމެރާއެކެވެ.

17 ޕްރޯ އަދި 17 ޕްރޯ މެކްސް

5،000 މިލިއެމްޕިޔަރުގެ ބެޓެރީއެކެވެ. އެޕަލްގެ

ފޯނެއްގައި މިހާތަނަށް އެޅުވި އެންމެ އެމްޕިޔަރު ބޮޑު ބެޓެރީއެވެ. 12 ޖީބީގެ ރޭމެކެވެ.

ޓެލްފޮޓޯ ލެންސާއި 8 ކޭ ވީޑިއޯ އާއި 8 ގުނަ އޮޕްޓިކަލް ޒޫމާއި ވައިފައި 7 އަކާއި

އެންހޭންސްޑް ތާމަލް މެނޭޖްމަންޓް ފާހަގަކޮށްލެވެއެވެ.

ޕްރީ އޯޑަރާއި އަގުތައް

ހުކުރު ދުވަހު ޕްރީ އޯޑަރަށް ހުޅުވައިލާނެއެވެ. 19

ސެޕްޓެމްބަރުގައި ޝިޕް ކުރަން ފަށާނެއެވެ.

އަގުތަކަށް ބަލައިލާއިރު އައިފޯން 17 ގެ އަގަކީ 799

ޑޮލަރެވެ. 17 އެއަރ ގެ އަގަކީ 899 އެވެ. 17 ޕްރޯގެ އަގަކީ 999 އެވެ. 17 ޕްރޯ

މެކްސްގެ އަގަކީ 1199 އެވެ.

އިތުރަށް ކޮން ކަމެއް !؟

އިތުރަށް ބަލައިލާއިލާއިރު ކީ އަޕްޑޭޓްސް ތަކާއެކު

އެއަރޕޮޑްސް ޕްރޯ 3 ލޯންޗު ކުރިއެވެ.  އަގަކީ

249 ޑޮލަރެވެ. ވޯލްޑްސް ބެސްޓް އެކްޓިވް ނޮއިސް ކެންސަލޭޝަނާއި ފޯމް އިންފިއުޒްޑް ޓިޕްސްގެ

ވާހަކަ ފާހަގަކޮށްފައިވެއެވެ.

ބިލްޓް އިން ހާޓް ރޭޓް ސެންސަރާއި ވޯކްބަޑީ ފީޗަރ

އޭއައި އިންޓެގްރޭޓްކޮށްފައިވެއެވެ. ލައިވް ޓްރާންސްލޭޝަން ހިމަނާފައިވެއެވެ. ވޯޓަރ

ޕްރޫފް ރޭޓިންގ އަކީ އައިޕީ57 އެކެވެ. އޯޑިއޯ ނޮއިސް ކެންސަލޭޝަން މޯޑުގައި އަށް

ގަޑިއިރު ބެޓެރީ ހިފަހައްޓާނެ ކަމަށް ބުނެފައިވެއެވެ. އައިއޯއެސް 26ގެ އަޕްގްރޭޑާއެކު

ކެމެރާ ރިމޯޓާއި ސްޓޫޑިއޯ ކޮލިޓީ އޯޑިއޯއާއި ސްމާޓާ ޕޯސް ހިމަނާފައިވެއެވެ.

ދެން ލޯންޗު ކުރީ އެޕަލް ގަޑީގެ އަޕްގްރޭޑްސް

ތަކެވެ.

ވޮޗް އެސްއީ ތިނަކާއި ސީރީޒް 11 ގެ އިތުރުން އަލްޓްރާ

3 އެވެ. އަގުތަކަށް ބަލައިލާއިރު 249 ޑޮލަރާއި 399 ޑޮލަރާއި 799 ޑޮލަރެވެ.

އައިއޯއެސް

26

ނަމުންނާއި ކަމުން މަޝްހޫރު ކުރި އެސްތެޓިކް ފްލުއިޑް،

ޓްރާންސޫލަންޓް ލިކުއިޑް ގްލާސް ފީޗަރ ހިމެނެއެވެ. މި މަހު 16ގައި

ރޯލްއައުޓްކުރަން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް