ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޤަތަރުގެ ދޯހާގައި މިއަދު ހަވީރު އިސްރާއީލުން ދިން
ހަމަލަ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެ ހަމަލަ ކުށްވެރި ކުރެއްވީ މިރޭ
ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ
އިސްރާއީލުން އެ ދިން ހަމަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އެފަދަ
ފިނޑި ހަމަލަތައް މިނިވަން މުސްތަގިއްލު ޤައުމަކަށް ދިނުން ބައިނަލްއަގުވާމީ
ޤާނޫނު ތަކާ ބޮޑުތަނުން ފުށޫ އަރާކަމަށެވެ.
ރާއްޖެ މި ތިބީ ޤަތަރާއެކު، ހަމަލަ ދިން ދިނުމާއިމެދު އިސްރާއީލު ޖަވާބުދާރީ ކުރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އެކަތިގަނޑަކަށް ވުމަށް ގޮވައިލަން
ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖޭ ގަޑިން ބަލާނަމަ ހަވީރު 05:00 ހާއިރު ޤަތަރު
ގަޑިން ބަލާނަމަ އަސުރު 03:00 ހާއިރު ޤަތަރުގެ ދޯހާގައި ވަރުގަދަ ގޮވުންތަކެއް
ގޮވިއެވެ.
އެ ހަމަލައިގެ ޒިންމާ ފާޅުކަންބޮޑުގޮތެއްގައި
އިސްރާއީލުން ނެގިއެވެ. އިސްރާއީލުން ބުނެފައިވަނީ އެ ހަމަލަ ދިނީ ހަމާސްގެ އިސް
ވެރިންތަކަކަސް އަމާޒުކޮށް ކަމަށެވެ.
އެ ހަމަލަ އެ ދިނީ ޣައްޒާއަށް ދެމުން އަންނަ
ހަމަލަތައް މެދުކަނޑާލުމާއިމެދު ޤަތަރުގައި ކުރިއަށްދާ މަޝްވަރާތަކަށް ޤަތަރުގައި
ތިބި ހަމާސްގެ އިސް ބައެއް ވެރިންނަށް އަމާޒުކޮށެވެ.
އެ ހަމަލަ ޤަތަރުންވެސް ކުށްވެރިކޮށް އެއީ ބަލައިގަނެވޭނެ
ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. ތަހުގީގެއް ކުރާނެ ކަމަށް ބުނެފައިވެއެވެ. ފިނޑި
އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އިސްރާއީލުގެ މި އަމަލާއިމެދު ފިޔަވަޅު
އެޅުމަށްވެސް ޤަތަރުންވެސް ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް