ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު އަދިވެސް ހުރީ 1900 އަަހަރުތަކުގައިތަ !

ރާއްޖޭގެ އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓުގެ މަރާމާތުތައް ނުކޮށް، ފެންވަރު ދައްވުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާ ފުލުފުލުގައި ސޯޝަލް މީޑިއާގައި އުފުލަމުންގެންދާތާ މިވަނީ ދުވަސްތަކެއްވެފައެވެ. ދާދ...

09 Sep 2024 | 14:17

ރާއްޖޭގެ އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓުގެ މަރާމާތުތައް ނުކޮށް، ފެންވަރު ދައްވުމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާ ފުލުފުލުގައި ސޯޝަލް މީޑިއާގައި އުފުލަމުންގެންދާތާ މިވަނީ ދުވަސްތަކެއްވެފައެވެ.

ދާދި ފަހުން ސޯސަލް މީޑިއާގައި ވަނީ ކާޑެއްދޫ މުއައްޒަފުންނަށް ކެއްކުމަށް ބޭނުން ކުރާނ ބަނދިގޭގެ ވީޑިއޯތަކެއް ދައުރުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގެ ފެންވަރު ވަރަށް ދަށެވެ. އަދި އެއީ ކާބޯތަކެެތި ގެންގުޅުމަށް އެކަށީގެންވާ ރައްކާތެރި ތަނެއް ވެސް ނޫންކަމުގައި ބެލެވެއެވެ.

މީގެއިތުރުން މުދާ އުުފުލުމަށް އެއާޕޯޓުގައި ހުންނަ ޓްރޯލީތައްވެސް ވަނީ ބާވެ ވަރަށް ބޮޑަށް ދަބަރު ޖަހާފައެވެ.

އަދި ލަގެޖް ތައް ދޫކުރުމަށްވެސް ހަމަޖައްސާފައިވާ އިންތިޒާމަކީ މި ޒަމާނާ ބަލާފައި ވަރަށް ދަށް ފެންވަރެއްގެ އިންތިޒާމެއްކަން ފާހަގަކޮށްލައެވެ. އެ އެއާޕޯޓުގައި ލަގެޖު ބެހެއްޓުމަށް ހުންނަ ލަކުޑި އައްޓަކީ އެ އައްޓަކަށް އެތައް ބަޔަކު ފާޑުކިޔަމުން އަންނަ އައްޓެކެވެ. ރީޖަނަލް ހުރިހާ އެއާޕޯޓެއްގައިހެން މިހާރު ބޭނުންކުރަނީ ޒަމާނީ ބެލްޓެވެ.

2022 ވަނަ އަހަރުން ފެށިގެން ގދ ކާޑެއްދޫ އެއާޕޯޓަކީ ވިލާ އެއާ ކުންފުނިން ހިންގަމުން އަންނަ އެއާޕޯޓެކެވެ.

އެ އެއާޕޯޓު ތަރައްޤީ ކުރުމުގެ ވާހަކަތަކެއް ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އޭރު ދެއްކެވިނަމަވެސް އެފަދަ މަންޒަރުތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް