ޒަޚަމްތަކަކާއެކު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އޮތް ދިވެއްސަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ އެކަމަށް އެޓެންޑްވީ މާފަންނު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ގޮސް އެ ކޮޓަރިއަށްވަދެ ބެލިއިރު ޒަޚަމްތަކަކާއެކު އޮއްވާ އެމީހާ ފެނިފައިވާއިރު އެމީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
ސީންގައި ފުލުހުން އެޓެންޑްވަމުން އަންނައިރު އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް