އިމިގްރޭޝަންގެ ޔުނީފޯމާ ވައްޔަރު ޔުނީފޯމެއްގައި ތިބި ބަޔަކު ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ "ވަޓްސްއެޕް" މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައިވާކަމަށެވެ.
މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަޤީންކަން ދޭކަން ފާހަގަކޮށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވަނީ މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް