ރިޔާސީ އިންތިހާބު 2023: މިހާތަނަށް 100 ވޯޓު ހަމަ ނުވަނީ ޒަމީލްއަށް އެކަނި

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވާއިރު، މިވަގުތު އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ...

09 Sep 2023 | 14:03

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވާއިރު، މިވަގުތު އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުފޮށި ތަކަށް ބަލާއިރު:-

  • ޑރ. މުއިއްޒު 24310
  • ރައީސް ސޯލިހު 23229
  • އިލްޔާސް 3442
  • އުމަރު 1441
  • ގާސިމް 1463
  • ނާޒިމް 484
  • ފާރިސް 491
  • ޒަމީލް 82

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް