ނިމިދިޔަ ރިޔާސީ އިންތިހާބަކީ، މިހާތަނަށް ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމަށް ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
އިންތިހާނބުގެ ކިޔުތައް ބަންދުކޮށް ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާވެސް ވަނީ އިއުލާނުކުރަން ފަށައިފައެވެ.
ވޯޓުލާ ވަގުތު ހަމަވިއިރު ފާހަގަވި ކަމަކީ، މިއީ 2008 ވަނަ އަހަރުގެ ފަހުން އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމެވެ. އެގޮތުން މިއަދު ވޯޓު ލާފައި ވަނީ ވޯޓު ލެވޭ އާބާދީގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނެވެ. މީގެ ކުރީގެ އިންތިހާބު ތަކުގައި ވޯޓުލީ އަދަދުތައް:-
- 2008 – 86.5 އިންސައްތަ ވޯޓު ލީ
- 2013 – 91.4 އިންސައްތަ މީހުން ވޯޓު ލީ
- 2018 – 89.2 އިންސައްތް މީހުން ވޯޓު ލީ
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.
އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް