މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކިޔުތައް ބަންދުކޮށް ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާވެސް އިއުލާނުކުރަން ފަށައިފިއެވެ.
އެގޮތުން ހަތަރެއް ޖެހި އިރު ކިޔޫތައް ބަންދުކޮށްފައިވާއިރު މިހާތަނަށް 19 ވަރަކަށް ފޮށީގެ ނަތީޖާ އިއުލާނުކޮށްފައިވެއެވެ. އެ ނަތީޖާތަކަށް ބަލާއިރު ދާދި އެއްވަރެއްގައި އެންމެ ކުރީގައި އުޅުއްވަނީ ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ.
ވޯޓު ފޮށިތަކުގެ ކިޔޫތައް ބަންދުކުރި ފަހުންވެސް ވޯޓުލާން އެތައް ބަޔަކު ވޯޓުލާ ސަރަހައްދުތަކަށް ދިޔައެވެ. އެހެންނަމަވެސް ވަގުތު އިތުރު ނުކުރާނެކަން ދުރާލާ އިލެކްޝަންސް އިން ވަނީ އިއުލާނުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް