ރިޔާސީ އިންތިހާބު 2023: އުމަރު ވޯޓު ލައިފި!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އުމަރު ނަސީރު ވޯޓު ލައިފިއެވެ. މިއާއެކު އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ވޯޓުލާ ނިމުނީއެވެ. މިއަދު މެންދުރު 1 ޖެހ...

09 Sep 2023 | 09:21

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އުމަރު ނަސީރު ވޯޓު ލައިފިއެވެ.

މިއާއެކު އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ވޯޓުލާ ނިމުނީއެވެ.

މިއަދު މެންދުރު 1 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ  135422މީހުން ކަމަށް އީސީއިން ބުނެއެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 47.95 އިންސައްތަ މީހުންނެވެ. އެއީ 24.5 އިންސައްތަ ފިރިހެނުންނާއި 23 އިންސައްތަ އަންހެނުންނެވެ. އަދިވެސް 52 އިންސައްތަ މީހުން ވޯޓު ނުލައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އެންމެ ފަހުން ވޯޓުލާން ފެށުނީ ލަންޑަނުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓުލާން ފެށުނީ ރާއްޖޭ ގަޑިން 12:30 ގައެވެ.

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރެއެވެ.

އެއީ ކެނޑިޑޭޓް ނަމްބަރު އެކެއް އުމަރު ނަސީރު (އަމިއްލަ ގޮތުން)، ކެނޑިޑޭޓް ނަމްބަރު ދޭއް ހަސަން ޒަމީލް (އަމިއްލަ ގޮތުން) ކެނޑިޑޭޓް ނަމްބަރު ތިނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އެމްޑީޕީ) ކެނޑިޑޭޓް ނަމްބަރު ހަތަރެއް ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) ކެނޑިޑޭޓް ނަމްބަރު ފަހެއް ގާސިމް އިބްރާހިމް (ޖޭޕީ) ކެނޑިޑޭޓް ނަމްބަރު ހައެއް، ފާރިސް މައުމޫން (އަމިއްލަގޮތުން) ކެނޑިޑޭޓް ނަމްބަރު ހަތެއް އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް) އަދި ކެނޑިޑޭޓް ނަމްބަރު އަށެއް، މުހައްމަދު ނާޒިމް (އެމްއެންޕީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް