އަނެއްކާވެސް އަލަމްގިރިން އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ އިއްޔެވެސް އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ. އިއްޔެ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ...

09 Sep 2022 | 13:55

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގާ އިއްޔެވެސް އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

އިއްޔެ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު މީގެ ދެ ދުވަސްކުރިންވެސް ތިން މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވެއެވެ.

އިއްޔެވެސް ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު އެ ތިން މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އޭގެ ކުރީ ދުވަހު ހައްޔަރުކުރި ތިން މީހުންގެވެސް ވަނަވަރު ހާމަކޮށްފައެއްނުވެއެވެ.

އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް