މާލެއަށް ނިސްބަތްވާ ގޭންގަކުން ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓަށް ނިސްބަތްވާ ތިން ފުލުހަކަށްހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަޖީދީމަގު އާޓިފިޝަލް ބީޗަށް ނިމޭކޮޅުން މިއަދު ހެނދުނު ފުލުހުންތަކަކަށް ހަމަލާދިނީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކެކެވެ.
ފުލުހުން ބުނީ ތިން ފުލުހަކަށް ހަމަލާ ދިން މައްސަލައަކާ ގުޅިގެން ދެ މީހަކު މިއަދު 11:50 ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ނިސްބަތްވާ ފުލުހުންތަކަކަށް މި ހަމަލާ އަމާޒުވީ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ގޭންގަކަށް ނިސްބަތްވާ ބަޔަކަށް އަނިޔާކުރި މައްސަލައެއްގައެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް