އާޒިމްގެ މި ތަސްވީރުން ދައްކުވައިދެނީ ބަސްދަތުރުން ޓްރެފިކް މައްސަލައަށް ހައްލުގެނެވިދާނެކަން!

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ހިންގުންތެރި ބޭފުޅެކެވެ. އެކަން އޭނާވަނީ އަމަލީގޮތުން ސާބިތުވެސް ކޮށްދެއްވާފައެވެ. އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުން އިތ...

09 Sep 2022 | 07:27

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަކީ ހިންގުންތެރި ބޭފުޅެކެވެ. އެކަން އޭނާވަނީ އަމަލީގޮތުން ސާބިތުވެސް ކޮށްދެއްވާފައެވެ.

އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުން އިތުބާރު ކުރާ ދެ ކުންފުންޏަށް ހަދައިދެއްވީ އާޒިމްގެ މޭސްތިރިކަމުގައެވެ. ދުރު ވިސްނުންފުޅުންނެވެ.

ހަމައެގޮތަށް އެމްޓީސީސީއަކީ ވެސް ކުރިއަށްވުރެ ބޮޑަށް ރައްޔިތުން ބަލައިގެންފައިވާ ކުންފުންޏަކަށް ހެއްދެވުމުގައި ވެސް އާޒިމް ހުންނެވީ އެންމެ އިސް ސަފުގައެވެ. މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ހަމަލޮލުން ބައްލަވައި، އަމަލީގޮތުން އެކަމުގައި އަވަދުނެތި އުޅުއްވުމަކީ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ އިތުރު ބުންވަރަކާއި ފަންވަރެކެވެ.

ރާއްޖެއަށް މިނީ ބަސް ތަޢާރަފް ކުރައްވާ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް އެމްޓީސީސީން ގެންނަމުންދާ މި ދަނޑިވަޅުގައި ތަފާތު ވިސްނުމުގެ ތަފާތު ފިިކުރުގެ މީހުން ޒާތްޒާތުގެ ބަސްތަކާއި އެމުނުންތައް އަމުނާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެއީ ވަކި މި ކުޑަކުޑަ ރާއްޖޭގައި އެކަނި އެކަން އޮންނަގޮތެއް ނޫނެވެ.

ކަން މިހެން އޮތްއިރު، އާޒިމް، އޭނާގެ ފޭސްބުކްގައި މިއަދު ހިއްސާކުރައްވާފައިވާ ތަސްވީރާއި އޭގައި ލިޔުއްވާފައިވާ ލިޔުންކޮޅުން ޚާއްސަކޮށް ފުރަމާލޭގެ މަގުމަތީގެ ކާރޫބާރޫބޮޑުކަމަށް ބަސްދަތުރުގެ ސަބަބުން ލިބޭނޭ އަމާންކަން ހާމަކޮށްދެއެވެ.

"ވިސްނުމަށް ގެންނަ ކުޑަ ބަދަލަކުން އެތައްކަމެއް ހައްލުވެގެންދެއެވެ." އާޒިމް ލިޔުއްވާފައިވެއެވެ.

އިސްމާއިލް ނަސީރު ކިޔާ ބޭފުޅަކު ޓެގް ކުރައްވާ ހިއްސާކުރައްވާފައިވާ މި ފޮޓޯގައި ވަނީ ސައިކަލާއި ކާރުފަދަ 70 އުޅަނދުތަކުގައި ދުއްވާފައިދާ 70 މީހުންނާއި ބަހެކެވެ. އަދި އެފަދަ ދެ ބަހުގައި 140 މީހުންނަށް ދަތުރުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މި ފޮޓޯއިން ދޭހަކޮށްދެނީ ކޮންމެ މީހަކު ވަކި އުޅަނދެއްގައި މަގުތަކަށް ނުކުމެ، ޓްރެފިކަށް ބާރުބޮޑުވުމަށްވުރެ ބަސްދަތުރުކުރުމުގެ މުހިންމުކަމެވެ.

މަގުމައްޗަކީ އެންމެނަށް ވެސް އަމާން ތަނަކަށް ހެދޭނީ މިފަދަ ނިޒާމުތައް ބޭނުންކޮށް، ރައްޔިތުން އެކަތިގަޑަކަށްވުމުން ކަމެވެ.

ބުރަ، ގޮންޖެހުން ބޮޑު ބަސްދަތުރުތައް ފަށާއިރު، ކުދިކުދި ދަތިތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު "ބިނާކުރަނިވި ފާޑުކިޔުންތަކުން" އެފަދަ ހުރަސްތައް ގިރައި ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް