ފަނޯއްލަ ދަރުބާރު ލ. ގަމުގައި ފެށިގެން ކުރިއަށް

ދިވެހިރާއްޖޭގެ ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ)، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް އަދި ޔޫއެސްއެއިޑް ގުޅިގެން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރު ލ. ގަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ. އެ...

09 Sep 2022 | 07:12

ދިވެހިރާއްޖޭގެ ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ)، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް އަދި ޔޫއެސްއެއިޑް ގުޅިގެން ކުރިއަށްގެންދާ ފަނޯއްލަ ދަރުބާރު ލ. ގަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އެގޮތުން މިއަދު މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެލްޖީއޭ ބޯޑުގެ މެންބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ކައުންސިލަރުން ބައިވެރިވެލެއްވިއެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ފަހާހަގަކުރެއްވި ގޮތުގައި ފައްނޯލަ ދަރުބާރަކީ ނަތީޖާ ނެރޭ މަހާސިންތާއެއްކަން އުފަލާއެކު ދަންނަވަން ޖެހޭކަމަށެވެ.

"އެއް ފޯރަމު އަނެއް ފޯރަމަށް ދިއުމާއި ދޭތެރޭ ކުރިއެރުންތަކެއް ހޯދޭތަން މިދަނީ ފެންނަމުން" އަފްޝަން ފާހަގަކުރެއްވިއެވެ.

ައްނޯލަ ދަރުބާރުތަކުގައި ދެކެވޭ ވާހަކަތަކަށް ރިއާޔަތްކޮށް ހުއްޓުމެއްނެތި ކަމާގޅޭ ފަރާތްތަކާ މަޝްވަރާކުރެވި ނިޒާމު ފުރިހަމަކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރެވެމުން އަންނަކަން އަފްޝަން ފާހަގަކުރެއްވިއެވެ.

ލާމު ގަމުގައި މިއަދާއި މާދަމާ ކުރިއަށްދާ ފައްނޯލަ ދަރުބާރަކީ ފަންނޯލަ މަހާސިންތާގެ ހަތަރުވަނަ މަހާސިންތާއެވެ. މި މަހާސިންތާ ކުރިއަށްދަނީ ވިޔަވަތި ރާއްޖެ މަހާސިންތާއާއިވެސް އެކުއެކީގައެވެ. އެގޮތުން ތިންވަނަ ފައްނޯލަ އަދި ވިޔަވަތި ރާއްޖެ މަހާސިންތާގެ ތިންވަނަ މަހާސިންތާ މި އަހަރުގެ ތެރޭގައި އއ. އުކުޅަހުގައި ބާއްވާފައިވާއިރު ވިޔަވަތި ރާއްޖެ މަހާސިންތާ، ފަންނޯލަ މަހާސިންތާއާއި އެކުއެކީގައި މާދަމައިން ފެށިގެން ލ. ގަމުގައި ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް