އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ޗަރުކޭސް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޗަރުކޭސް ފެސްޓިވަލަކީ ދިވެހި އާޓިސްޓުންގެ ހުނަރު އާންމުންނަށް ދައްކާލުމަށް ކުރިއަށްގެންދާ ފެސްޓިވަލެކެވެ. މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ.
މި އަހަރުގެ ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހަވީރު ހަޔަކަށް އަދި ރޭގަނޑު އަށަކުން ރޭގަނޑު ބާރައަށެވެ.
މި ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް އުރީދޫ ހަމަޖެހިގެންދިއުމަކީ މި ފެސްޓިވަލް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ލިބުނު އިތުރު ހިތްވަރެއްކަމުގައި މި ފެސްޓިވަލްގެ ފައުންޑަރ، މުހައްމަދު އަހްނަފް އިބްރާހިމް ފާހަގަކުރެއެވެ. އަދި އެކަމަށް އުރީދޫ މޯލްޑިވްސް އަށް ދިވެހި އާޓިސްޓުންގެ ފަރާތުން އަހްނަފް ޝުކުރު އަދާކޮށްފައިވެއެވެ.
https://twitter.com/OoredooMaldives/status/1567830351409709057?s=20&t=G8ZS2kgzXDu-V6cfZr28ZA
އަހްނަފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދިވެހި އެންމެހާ އާޓިސްޓުންނަށް މި ފެސްޓިވަލުން މަރުހަބާކިޔާނެއެވެ. ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ޗަރުކޭސްގެ ދެވަނަ ފެސްޓިވަލް އަންނަ ހަފްތާގައި ބާއްވާއިރު މިދިޔަ އަހަރުގެ ޗަރުކޭސް ފެސްޓިވަލްގައިވެސް މިއުޒިކާއި ވިޒުއަލް އަދި ލިޔުންތެރިކަމުގެ ފަންނުފަދަ ފަންނުގެ ހުށަހެޅުންތައް ދައްކާލާފައިވެއެވެ.
މި އަހަރު އެ ދާއިރާތަކުގެ އިތުރުން ޕަފޯމަންސް އާޓް ފަދަ ފަންނުތަކުންވެސް ފުރުސަތު ލިބިގެންދާނެކަމަށާއި މީގެ އިތުރުން އާޓިސްޓުންނަށް އެ އާޓިސްޓުންގެ މަސައްކަތް ވިއްކުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމުގައި ޗަރުކޭސްއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް