އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު ދޭއް، އަވަހާރަވުމުގެ ހިތާމައިގާ ދިވެހި ދިދަ ތިން ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ.
މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފު އޮތް އިނގިރޭސި ރާނީ، ކުއީން އެލިޒަބަތު ދެވަނަ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ ފަރުވާ ހޯއްދަވަމުންދަނިކޮށް ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގައެވެ.
https://twitter.com/MvSpokesperson/status/1567955583952887812?t=XNTr-RmUWv0riKxDNtjBaA&s=08
ރާނީ އަވަހާރަވުމުން ދެން ރަސްކަމުގެ ތަހުތާ ހަވާލުވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. ކިންގް ޗާލްސް ރަސްކަން ކުރައްވާނީ "ކިންގް ޗާލްސް 3" ގެ ނަމުގައެވެ.
ރާނީ އެލިޒަބަތު ދޭއް، ރަސްކަމާ ހަވާލުވެވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވުމުން 1952 ވަނަ އަހަރުއެވެ.
ދެން ރަސްކަމާ ހަވާލުވެވަޑައިގަންނަވާ ޗާލްސްގެ އުމުރުފުޅަކީ 73 އަހަރެވެ. ޗާލްސް އަކީ އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިކަލުންނެވެ. ޗާލްސް އަށްފަހު ދެން ވެރިކަން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް