ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ފަށައިފި

ޗައިނާގެ ވެރިރަށް ބެއިޖިންގެ ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވަސިޓީގައި ދިވެހި ބަހުގެ ކޯހެއް ފަށައިފި އެވެ. މި ކޯސް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ރަސްމީކޮށް މި ޕްރޮގް...

09 Sep 2021 | 18:17

ޗައިނާގެ ވެރިރަށް ބެއިޖިންގެ ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވަސިޓީގައި ދިވެހި ބަހުގެ ކޯހެއް ފަށައިފި އެވެ.

މި ކޯސް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ރަސްމީކޮށް މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ސޮބާހު ރަޝީދާއި އެ ޔުނިވަސިޓީގެ ވައިސް ޕްރެޒިޑެންޓު ޒޯ ޖަންގް އެވެ.

މިއީ ޗައިނާގެ ޔުނިވާސިޓީއަކުން ދިވެހި ބަހުގެ ކޯހެއް ކިޔަވައިދޭ ފުރަތަމަ ފަހަރެވެ. މި ކޯސް ހިންގަނީ އެ ޔުނިވަސިޓީގެ ސްކޫލް އޮފް އޭޝިއަން ސްޓަޑީސްއިންނެވެ.

އެ ޔުނިވާސިޓީން ބުނީ ދިވެހި ބަހުގެ ކޯސް ފަށަނީ ވަރަށް ހާއްސަ އަހަރެއްގައި ކަމަށާއި މި އަހަރަކީ ސްކޫލް އޮފް އޭޝިއަން ސްޓަޑީސްއަށް 60 އަހަރު ފުރުނު އަހަރު ކަމަށެވެ.

މި ރަސްމއިްޔާތުގައި ސޮބާހު ވިދާޅުވީ މިފަދަ ޕްރޮގްރާމެއްގެ އެހީގައި ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކުގެ އެކުވެރިކަން އިތުރަށް ބަދަހިވަމުންދާނެ ކަމަށެވެ.

މި ކޯސް ފުރިހަމަ ކުރާ ބިދޭސީ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ކުދިންނަށް ދިވެހި އެމްބަސީގެ އެހީގައި ރާއްޖެ އައިސް ދިވެހި ބަސް ދަސްކުރުމުގެ ފުރުސަތު ދޭނެ އެވެ.

މިފަދަ ކޯހެއް ޗައިނާ ފަދަ ގައުމެއްގައި ފެށުމުގެ ބޭނުމަކީ ޒުވާން ޖީލަށް ދިވެހިންގެ ތާރީހާއި އަމިއްލަ ވަންތަކަށް ބުނެދިނުމެވެ. އަދި މިއީ ދެ ގައުމުގެ ސަގާފަތާއި އާދަކާދަ ބަދަލު ކުރުމަށް ކުރިޔަށް ގެންދާ ކޯހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް