މޯލްޑިވިއަންގެ ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވިޔަސް ހިދުމަތް ދިނުމަށް ބުރޫއެއް ނާރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިމަސް ފެށުމާއި އެކު ހަތް ޕައިލެޓަކު ވަޒީފާއިން ކެނޑިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުންނެވެ.
މޯލްޑިވިއަންއިން ބުނީ އެމީހުން ވަޒީފާއިން ވަކިވެފައިވަނީ ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ކަމަށެވެ. އެހެން ކަމުން ހިދުމަތް ދިނުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި ސީޕްލޭންގެ ހިދުމަތް މެދުކެނޑުމެއް ނެތި ހިދުމަތް ދެވޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕައިލެޓުންތައް ވަޒީފާއިން ކެނޑުނީ މެނޭޖްމެންޓާއި ހިތްހަމަ ނުޖެހިގެންނެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން ކެނޑުނީ އިތުރު ވަޒީފާއެއް ނުހޯދާ ކަމަށްވެ އެވެ.
އެކަމަކު ބައެއް ފަރާތްތަކުން މީޑިއާގައި ބުނެފައިވާ ގޮތުގައި ޕައިލެޓުން މޯލްޑިވިއަންގެ ވަޒީފާއިން ވަކިވީ ސީޕްލޭން ހިދުމަތްދޭ އެހެން އެއާލައިންތަކުން ރަނގަޅު މުސާރައެއް ހުށަހެޅުމުން ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގައި 11 ސީޕްލޭން އޮވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް