މާލެއާ އަތޮޅުތެރެއިން މިއަދު ކޯވިޑް އަދަދުތައް އެއްވަރެއްގައި، ޖުމްލަ ޕޮސިޓިވްވީ 111 މީހުން

ރާއްޖެއިން އިތުރު 111 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 52 މީހުންނާއި މާލެއިން 54 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ފަސް މީހުންނަށެވެ. ކޯވ...

09 Sep 2021 | 17:07

ރާއްޖެއިން އިތުރު 111 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 52 މީހުންނާއި މާލެއިން 54 މީހުންނެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ ފަސް މީހުންނަށެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 5،526 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 2،081 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 80،154 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 227 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 82،475 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް