ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވުމުން މަހިބަދޫގެ މޮނިޓަރިންގ އުވާލައިފި

ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވުމުން އދ. މަހިބަދޫގެ މޮނިޓަރިންގ އުވާލައިފި އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އެރަށުގެ މޮނިޓަރިންގ އުވާލާފައިވަނީ...

09 Sep 2021 | 15:52

ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވުމުން އދ. މަހިބަދޫގެ މޮނިޓަރިންގ އުވާލައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އެރަށުގެ މޮނިޓަރިންގ އުވާލާފައިވަނީ މިއަދު އެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު މަހިބަދޫ މޮނިޓަރިންގ އަށް ލާފައިވަނީ ފްލޫކްލިނިކަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުއްޖާގެ ދެ ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވް ވުމުން ނެވެ.

މީގެ ކުރިންވެސް ދެ ފަހަރު މަހިބަދޫ މޮނިޓަރިންއަށް ލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް