ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.
ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ އިއްޔެ އެވެ.
އެމްއެންޑިއެފުން ބުނީ އެމާގު އޭނާ އާއި ހަވާލުކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވީ ކާނަލް އަޙްމަދު ތާހިރުއެވެ.
ރާއްޖޭން މިހާތަނަށް ހަތަރު ގައުމަކަށް ވަނީ ޑިފެންސް އެޑްވައިޒަރުން ހަމަޖައްސާފައެވެ. އެއީ މެލެޝިއާ، އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް