ކުޑަކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެ މިނިސްޓްރީއަށް މި މައްސަލަ ހުށަހެޅީ އިއްޔެ އެވެ.
ޖެންޑާއިން ބުނީ 18 އަހަރު ނުވާ އެ ކުއްޖާ ބަލިވެއިން މައްސަލައިގަ ޝާމިލުވާ ދެވަނަ ކުއްޖާއަކީވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
މި ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުންނާ ގުޅިގެން އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ އެ ކުދިންގެ އާއިލާއަށް ލިބެންޖެހޭ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް