ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމުގެ ޓްރޭނިންގތައް ލީޑު ކުރުމުގެ ޒިންމާ އިންމަ އަށް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒައިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އޭނާ މި ބައްޔަށް ޕޮޒިޓިވް ވުމުން ކަރަންޓީނުގައި ހުރި އިރު، އެ ޓީމުގެ އެހެން ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިން ވެސް...

09 Sep 2021 | 11:26

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު އަލީ ސުޒައިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭނާ މި ބައްޔަށް ޕޮޒިޓިވް ވުމުން ކަރަންޓީނުގައި ހުރި އިރު، އެ ޓީމުގެ އެހެން ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިން ވެސް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފަ އެވެ. ނަމަވެސް އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމް މާދަމާ ރޭ ގަތަރަށް ފުރުމަށް ވަނީ ހަމަޖެހި ފައެވެ. އެ ޓީމު އެނބުރި މާލެއަށް އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވުމުން، މި ދަތުރުގައި ޓީމުގެ ޓްރޭނިންގތައް ލީޑު ކުރާނީ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) އެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިންގ ސްޓާފުންގެ ތެރޭގައި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ހިމެނޭ އިރު، އިންމައަކީ ގޯލްކީޕަރު ކޯޗެއްވެސް މެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ކޯޗިންގ ޓީމުގައި ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުލްރަހީމް ހިމެނޭ އިރު، ޑޮކްޓަރުގެ ގޮތުގައި ހަރަކާތްތެރިވަނީ ޑރ. އަބްދުﷲ ރާފިއު އެވެ.

އަންނަ އޮކްޓޯބަރ މަހު 1 އިން 16 އަށް ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ވަނަ ދުވަހު ގައުމީ ޓީމް ވާދަކުރާނީ ނޭޕާލާ އެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮކްޓޯބަރު 7 ވަނަ ދުވަހު ބަންގަލަދޭޝް އާ ވާދަކުރާ އިރު، ރާއްޖެ ވާދަކުރާ ތިން ވަނަ މެޗު ކުޅޭނީ އޮކްޓޯބަރު 10 ގަ އެވެ. އެދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.

އޮކްޓޯބަރު 13 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް