ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ރަންވޭ އާއި ޓެކްސީވޭ އާއި އެޕްރޮން ގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑްގެ ސަބްބޭސް އާއި ސަބްގްރޭޑް މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ކޮންކްރީޓް މަސައްކަތުގެ %58 ވަނީ ނިމި، މިހާރު ކުރިއަށްދަނީ ޓާރމިނަލް ބިލްޑިންގ ގެ ކޮލަމް މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުން ހިމެނެ އެވެ.
މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް