"ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލައިފި

"ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައްވައިފި އެވެ. މިއީ ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ބޯޑެކެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މި ބޯޑ...

09 Sep 2021 | 09:16

"ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައްވައިފި އެވެ.

މިއީ ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ބޯޑެކެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

މި ބޯޑަކީ އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގައި އުފައްދަން ޖެހޭ ބޯޑެކެވެ. ޓީޗަރުން ރަޖިސްޓްރީކުރުމާ ގުޅޭ ހުރިހާ ކަމެއް ކުރުމަށް، ބޯޑު އުފައްދަން ޖެހޭ ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ އަހަރެއް ތެރޭގައި އެވެ.

މި ބޯޑުގައި ހިމެނިވަޑައިގެންނަވާ މެމްބަރުންނަކީ:

  1. ރަޖިސްޓްރާ: އާއިޝަތު އާތިޔާ ނަސީރު، މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން.
  2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރު.
  3. ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރު.
  4. ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުހައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު.
  5. ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ އަލީ، އެޑިޔުކޭޝަން އޮފިސަރު.

މި ބޯޑު އެކުލަވާލުމަށްފަހު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް