ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި އަދިވެސް 15 ޕަސެންޓު މީހުންނާއި އެކު ސޮއި ނުކުރެވޭ

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ނުކުރެވެނީ15 ޕަސެންޓު މީހުންނާއި އެކު ކަމަށް ހައުސިން ޑީވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ. ހިޔާ ފްލެޓުތައް...

09 Sep 2021 | 06:25

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ނުކުރެވެނީ15 ޕަސެންޓު މީހުންނާއި އެކު ކަމަށް ހައުސިން ޑީވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ހިޔާ ފްލެޓުތައް ލިބުނު މީހުންނާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ޖުލައި މަހުގެ13 ވަނަ ދުވަހު އެވެ. މިހާރު ސޮއި ނުކޮށް ހުރީ ޝެޑިއުލް ކުރި ތާރީހުތަކުގައި އެކި ސަބަބުތަކާއި ހެދި އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކާއި އެކު އެކަންޏެވެ.

އެޗްޑީސީން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެގްރިމެންޓުގައި ސޮއި ކޮށްފައިވަނީ85 ޕަސެންޓު މީހުންނާއި އެކު އެވެ. އަދި ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވަނީ88 ޕަސެންޓު މީހުންނެވެ.

https://twitter.com/hdcmaldives/status/1435828480088805377

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް