ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 63 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.
އެ އިދާރާގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެ ފައެވެ.
މީގެއިތުރުން ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 182 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކަ އެވެ.
އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫ.އޭ.އީ އެވެ.
އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީ އިން 447 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް