އިންޑިއާގެ ޓިވީތަރި މާހީ އިންސްޓަގްރާމުން ފިރިމީހާ ޖޭ ބްލޮކް ކޮށްލައިފި

އިންޑިއާގެ މަޝްހޫރު ޓިވީ ސްޓާރުން ކަމަށްވާ މާހީ ވިޖް އާއި ޖޭ ބަނުޝާލީ އަކީ ވަރަށް ހަމަޖެހިގެން އުޅޭ ކަމަށް ފެންނަ ދެމަފިރިންނެވެ. ދެމަފިރިންގެ މަސައްކަތްތަކުން ފެށިގެން ގޭތެރޭގެ ދިރިއުޅުމުގެ ހުރިހާ އު...

09 Sep 2021 | 05:06

އިންޑިއާގެ މަޝްހޫރު ޓިވީ ސްޓާރުން ކަމަށްވާ މާހީ ވިޖް އާއި ޖޭ ބަނުޝާލީ އަކީ ވަރަށް ހަމަޖެހިގެން އުޅޭ ކަމަށް ފެންނަ ދެމަފިރިންނެވެ.

ދެމަފިރިންގެ މަސައްކަތްތަކުން ފެށިގެން ގޭތެރޭގެ ދިރިއުޅުމުގެ ހުރިހާ އުފާވެރި އަދި ހިތާމަވެރި ވަގުތުތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރެ އެވެ. މިފަހަރު ޖޭއަށް ވެގެން އުޅެނީ މާ ދެރަގޮތެކެވެ. ދެމީހުންގެ ސަކަރާތުގެ ތެރެއިން ހިއްސާ ކުރެވުނު ފޮޓޯއަކުން މާހީ އޭނާ ބްލޮކް ކޮއްލީއެވެ.

ބްލޮކް ކޮއްލި ސަބަބާއި ބެހޭގޮތުން ޖޭ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އަންހެނުން އޭނާ ދެކެ ރުޅިއައީ އިންސްޓަގްރާމްގައި ދަރިފުޅާއި ދެމަފިރިން އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓު ކުރުމުން ކަމަށެވެ. ކެޕްޝަންގައި "ފެމެލީ" ޖެހުމަށް ފަހު ޕޯސްޓު ކޮށްފައިވާ އެ ފޮޓޯއިން މާހީ ހިތްހަމަ ނުޖެހުނީ އެ ފޮޓޯގައި އޭނާ މާ ބުރަހެލި ކަމަށް ދައްކާތީ އެވެ.

ނުވަތަ ތަންކޮޅެއް ފަލަ ވައްތަރު ޖަހާތީ އެވެ. މާހީ ބުނެފައިވަނީ އެ ފޮޓޯގައި އޭނާ ބަލާލަން ވަރަށް ހަޑިކަމަށެވެ.

https://www.instagram.com/p/CTgziw2Ij2m/

ޖޭ ބުނެފައިވަނީ އެ ފޮޓޯ ލުމުން މާހީ ރުޅިއައިސްގެން އޭނާ އެހެން މީހަކާއި ލޯބީގެ ގުޅުން ބާއްވާ ކަމަށްބުނެ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ ގޮތް ހުސްވެފައިވާ ކަމަށް ބުނެ އިންސްޓްގަރާމްގައި ޖޭ ދަނީ މަޖާ ނަގަމުންނެވެ.

މި ޕޯސްޓާއި ގުޅިގެން ބްލޮކް ކޮށްފަ އިނަސް މާހީ ވަނީ އެހެން އަންހެނަކު ހޯދުމަށް އިންސްޓަގްރަމްގައި ބުނެފަ އެވެ. އޭރުން އޭނާއަށް ޖޭ ކައިރިން ސަލާމަތް ވެވޭނެ ކަމަށް ބުންޏެވެ.

ދެމީހުންގެ މަޖާ މި ކޯޅުން ގަނޑުގައި ޖޭ ވަނީ އިންސްޓަގްރާމް ފޭނުން މާހީއަށް މެސެޖުކޮށް އޭނާ އަން ބްލޮކް ކުރުމަށް ބާރު އެޅުމަށް އެދިފައި އެވެ.

އެ ދެމީހުންގެ ކައިވެންޏަށް މިއަދު ވަނީ 11 އަހަރުވެފަ އެވެ. ދެމީހުންގެ ހުންނަނީ އަންހެން ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް