މަޓީގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާ ބާއްވާ، ހިންގާ ބޯޑު އެކުލަވާލައިފި

މޯޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) 31ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ. މަޓީ އިން ބުނީ މި ޖަލްސާ ބާއްވާފައިވަނީ ވަރޗުއަލްކޮށް ކަމަށެވެ. މި ޖަލްސާ އިފްތިތާހުކޮށްދެއްވާ ވ...

09 Sep 2021 | 04:53

މޯޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) 31ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

މަޓީ އިން ބުނީ މި ޖަލްސާ ބާއްވާފައިވަނީ ވަރޗުއަލްކޮށް ކަމަށެވެ.

މި ޖަލްސާ އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދެއްކެވީ، މަޓީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު އެވެ. އެއައްފަހު މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު ވާހަކަފުޅު ދެއްކެވި އެވެ. އަދި ނިމިދިޔަ އަހަރު މަޓީ އިން ކުރެވުނު މަސައްކަތާއި ހިންގުނު ހަރަކާތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް މެމްބަރުން ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ އަހަރީ ހިސާބާއި 2021 ވަނަ އަހަރުގެ ބަޖެޓު މަޓީގެ ބަޖެޓު ވަނީ ފާސްކޮށްފަ އެވެ. އަދި މަޓީގެ ޗާޓަރއަށް ގެނެވިފައިވާ އިސްލާހުތައް ވަނީ މެމްބަރުންނާ ހިއްސާކޮށްފަ އެވެ.

މި ޖަލްސާގައި މަޓީގެ 78 މެމްބަރުން ބައިވެރިވެފައިވާ އިރު، 2020 އަދި 2021 ވަަނަ އަހަރަށް މަޓީގެ ހިންގާ ބޯޑަށް މެމްބަރުން އިންތިޚާބަުކޮށްފައިވާ ކަމަށް މަޓީ އިން ބުނެ އެވެ.

ހިންގާ ބޯޑަށް ހޮވިފައިވަނީ:

1. މުހައްމަދު އުމަރު މަނިކު – ޗެއަރމަން

2. ހުސެއިން އަފީފު – ވައިސް ޗެއަރމަން

3. ސަލާހު ޝިހާބު – ވައިސް ޗެއަރމަން

4. އަހްމަދު ނަޒީރު – ސެކްރެޓަރީ ޖެނެރަލްލަރ

5. އަހްމަދު ހަފީޒު – ފައިނޭންސަލް ކޮންޓްރޯ

6. އައްސަދު އަލީ – ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް

7. އަހްމަދު ސިޔާމް މުހައްމަދު - އެގްޒެކްޓިވް ބޯރޑް މެމްބަރ

8. އިޔާޒް ވަހީދު – އެގްޒެކްޓިވް ބޯރޑް މެމްބަރ

9. އިބްރާހިމް ނޫރުދީން - އެގްޒެކްޓިވް ބޯރޑް މެމްބަރ

10. ވިޝާ މާހިރު - އެގްޒެކްޓިވް ބޯރޑް މެމްބަރ

11. އިސްމާއިލް ޝިޔާން ޤާސިމް – އެގްޒެކެޓިވް ބޯރޑް މެމްބަރ

12. އިބްރާހިމް ސިޔާދު ގާސިމް - އެގްޒެކްޓިވް ބޯރޑް މެމްބަރ

13. ޒުލައިހާ މަނިކު – އެގްޒެކެޓިވް ބޯރޑް މެމްބަރ

14. އައިޝަތު ނީނާ އަހްމަދު – އެގްޒެކެޓިވް ބޯރޑް މެމްބަރ

15. ގޯރޑަން އެންޑްރިއު ސްޓުއަރޓް - އެގްޒެކެޓިވް ބޯރޑް މެމްބަރ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް