މުންނާރުގެ އެތެރޭގެ ހޮޅިތައް ބަދަލުކޮށްފި

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން މުންނާރުގެ އެތެރޭގައި ހުރި ހޮޅިތައް ބަދަލު ކޮށްފައި ވާކަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން ބުނެފި އެވެ. އެ ޑިޕާޓްމެންޓުން މިއަދު ނެރުނު ނޫސްބ...

09 Sep 2015 | 08:42

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން މުންނާރުގެ އެތެރޭގައި ހުރި ހޮޅިތައް ބަދަލު ކޮށްފައި ވާކަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން ބުނެފި އެވެ.

އެ ޑިޕާޓްމެންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަޝްރޫއުގައި ހިމެނިފައިވާ ހަ މިސްކިތުގެ ތެރޭގައި ހިމެނޭ މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އެތެރޭގެ ހޮޅިތައް ބަދަލުކޮށްފައި ވާކަމަށެވެ. އަދި މި ހޮޅިތައް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ މުންނާރުގައި ކުރިން ޖަހާފައި ހުރި ހޮޅިތައް ދަބަރުޖަހާފައި ހުރުމުގެ ސަބަބުންނާއި އެތަން އިތުރަށް ވަރުގަގަ ކުރުމަށްކަމަށް ހެރިޓޭޖްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރޭގައި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ލަކުޑީގެ ބައިތަކުގައި ހަލާކުވެފައިވާ ތަންތަން އާބާތުރަ ފިލުވުމާއި މުންނާރު ފެންފަހި ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް