ރާއްޖޭގެ ގަސްގަހާގެހީގެ ދިރާސާއެއް ކުރުމަށް އިންޑިއާ ޓީމެއް ރާއްޖެ އަންނަނީ

ރާއްޖޭގެ ގަސްގަހާގެއްސާއި ގަސްގަހާގެހި އާލާވެފައިވާ ގޮތުގެ ފުރިހަމަ ދިރާސާއެއް ކުރުމަށް އަވަށްޓެރި އިންޑިއާގެ ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް އިން ތައްޔާރުވަމުން އެބަދެ އެވެ. އިންޑިއާގެ ނޫސްތަކަ...

09 Sep 2015 | 08:27

ރާއްޖޭގެ ގަސްގަހާގެއްސާއި ގަސްގަހާގެހި އާލާވެފައިވާ ގޮތުގެ ފުރިހަމަ ދިރާސާއެއް ކުރުމަށް އަވަށްޓެރި އިންޑިއާގެ ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް އިން ތައްޔާރުވަމުން އެބަދެ އެވެ.

އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން އެ އިންސްޓިޓިއުޓުން ބުނެފައިވަނީ އެ ފުރުސަތު ރާއްޖޭގެ ފަރާތުން ދީފައި ވާކަމަށާއި އަދި މިހާތަނަށް ރާއްޖޭގައި މި ފަދަ ދިރާސާއެއް ހަދާފައި ނެތް ކަމަށެވެ. އަދި އިންޑިއާ ނޫން އެހެން ގައުމެއްގައި މިފަދަ ދިރާސާއެއް ކުރުމުގެ ފުރުސަތު އެ އިންސްޓިޓިއުޓަށް ލިބުމުން އެކަމާ ފަހުރުވެރިވާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެފައި ވެ އެވެ.

"މިއީ އަހަރުމެންނަށް ލިބުނު ރަނުގެ ފުރުސަތެއް، ބޭރު ގައުމަކުން މިކަހަ ކަމަކަށް އެދުނު މީ ފުރަތަމަ ފަހަރު، ރާއްޖޭގެ ގަސްގަހާގެހީގެ ފުރިހަމަ ދިރާސާއެއް މިފަހަރު ކުރެވިގެން ދާނެ" އެ އިންސްޓިޓިއުޓްގެ ޓެކްސޯނޮމިސްޓެއް ކަމުގައިވާ ޕީ. ސުޖާންޕާލް ބުނެފައި ވެ އެވެ.

އެ އިންސްޓިޓިއުޓުން ބުނެފައިވާގޮތުން މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އދ ގެ ފޫޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއައިއޯ) އިންނެވެ.

މި ދިރާސާތަށް ފެށުމުގެ ކުރިން މިހާރު އެ އިންސްޓިޓިއުޓުން ތިން ފަހަރަކަށް ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި ދިރާސާތައް ފަށާތާ އަހަރެއްހާ ދުވަސްތެރޭޣައި އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް