މާފުށި ޖަލަށް އެތެރެކުރުމަށް ގެންދިޔަކަމަށް ބެލެވޭ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ތިން ޕެކެޓާއި ފަސް މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ދެ ޗާޖަރާއި މޯބައިލް ފޯނުގެ ހަ ބެޓެރިއާއެކު މީހަކު މާފުށިން ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2015 ސެޕްޓެމްބަރު 07 ވަނަ ދުވަހުގެ 18:00 ހާއިރު މާލެއިން ކ. މާފުށްޓަށް ދިޔަ ލޯންޗަކުން ބަނދަރަށް ފޭބުމާއެކު ކަމަށާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކާއި ފޯންތަކާއި ބެޓްރީތަކާއި ޗާޖަރުތައް ފެނިފައިވަނީ އޭނާ ފުލުހުން ބެލުމުގެ ދަށަށް ބަލައި ފާސްކުރިއިރު ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން އިތުރަށްބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް