ހުރިހާ ރެފިއުޖީންނަށް ހިމާޔަތް ދޭނަމަ އައިއެސްއަށް ކާމިޔާބު ލިބޭނެ: ފްރާންސް

ޔޫރަޕްގެ ގައުމުތަކުން ރެފިއުޖީންނަށް މަރުހަބާ ކިޔަން ފަށާފައިވާއިރު ހުރިހާ ރެފިއުޖީން ޔޫރަޕަށް ނޫނީ އެހެން ސަރަހައްދުތަކަށް ގެންދާނަމަ ފްރާންސުން ގަބޫލުކުރާ ގޮތުގައި އައިއެސްއަށް ކާމިޔާބު ލިބުނީ ކަމަށ...

09 Sep 2015 | 03:50

ޔޫރަޕްގެ ގައުމުތަކުން ރެފިއުޖީންނަށް މަރުހަބާ ކިޔަން ފަށާފައިވާއިރު ހުރިހާ ރެފިއުޖީން ޔޫރަޕަށް ނޫނީ އެހެން ސަރަހައްދުތަކަށް ގެންދާނަމަ ފްރާންސުން ގަބޫލުކުރާ ގޮތުގައި އައިއެސްއަށް ކާމިޔާބު ލިބުނީ ކަމަށް އެގައުމުން ބުނެފި އެވެ.

ރެފިއުޖީންގެ ކަންކަމާމެދު މަޝްވަރާ ކުރުމަށް 60 ގައުމެއްގެ މިނިސްޓަރުން ހިމެނޭ ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ފްރާންސުން ބުނަނީ ހުރިހާ ރެފިއުޖީންނަށް ހިމާޔަތް ދިނުމަކީ އަދި ހައްލު ނޫން ކަމަށެވެ. އަދި ބޮޑެތި ހަރަދުތަކެއް ކޮށްގެން އައިއެސް ޖަމާއަތާ ހަނގުރާމަކުރަމުން އަންނަ އިރު ހުރިހާ ރެފިއުޖީންނަށް ގައުމުތަކުން ހިމާޔަތްދީފިނަމަ އެއްވެސް އަގަކާ ނުލާ އައިއެސް އަށް ކާމިޔާބު ލިބުނީ ކަމަށް ފްރާންސުން ބުނެ އެވެ.

އެ މަޝްވަރާތަކަށް ފަހު މީޑީއާއަށް މައުލޫމާތު ދެމުން ފްރާންސުން ބުނެފައިވަނީ ސީރިޔާ މަސްރަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު އެގައުމުން ދޭން ނިންމާފައި އެހީގެ 100 މިލިޔަން ޔޫރޯގެ އިތުރުން 25 މިލިޔަން ޔޫރޯ އިތުރަށް ދޭން ނިންމާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް