އިރާގުގެ ޖަސްޓިސް މިނިސްޓަރުގެ ނައިބު ރަހީނުކޮށްފި

ހަތިޔާރު އެޅި ބަޔަކު އިރާގުގެ ޖަސްޓިސް މިނިސްޓަރުގެ ނައިބު ރަހީނުކޮށްފި އެވެ. އިރާގުގެ އޮފިޝަލުން ބުނާގޮތުން ޖަސްޓިސް މިނިސްޓަރުގެ ނައިބު އަބްދުލްކަރީމް ފާރިސް ރަހީނުކޮށްފައިވަނީ ބަގްދާދުގެ ދެކުނުން އ...

09 Sep 2015 | 03:33

ހަތިޔާރު އެޅި ބަޔަކު އިރާގުގެ ޖަސްޓިސް މިނިސްޓަރުގެ ނައިބު ރަހީނުކޮށްފި އެވެ.

އިރާގުގެ އޮފިޝަލުން ބުނާގޮތުން ޖަސްޓިސް މިނިސްޓަރުގެ ނައިބު އަބްދުލްކަރީމް ފާރިސް ރަހީނުކޮށްފައިވަނީ ބަގްދާދުގެ ދެކުނުން އޮންނަ ބިނޫކް ސަރަހައްދުން ކަމަށެވެ.

އަބްދުލްކަރީމް ރަހީނުކުރީ އޭނާ ކާރުގައި ދަނިކޮށް ވެހިކަލްތަކެއްގައި ހަތިޔާރާއެކު މޫނުނިވާކޮށްގެން ތިބި ބަޔަކު އައިސް ކަމަށް އިރާގު ސިފައިން ބުނެއެވެ. އަދި ކަރީމް ރަހީނުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ޑްރައިވަރުގެ ގަޔަށް ވަޒަނެއް އަމާޒުވެފައި ވާކަމަށްވެސް އިރާގު ސިފައިން ބުނެ އެވެ.

ބަގްދާދު ސަރަހައްދުގައި މި ދުވަސްވަރު މީހުން ރަހީނުކުރުން އިތުރުވެފައިވާއިރު މި ހަފްތާގެތެރޭގައި ބިނޫކް ސަރަހައްދުން ތުރުކީއަށް ނިސްބަތްވާ 18 މީހަކުވެސް ރަހީނުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް