އެމެރިކާއިން ގެންގުޅޭ ޓެރަރިސްޓުންގެ ބްލެކްލިސްޓަށް ހަމާސްގެ ތިން މީހަކު އިތުރު ކޮށްފި

އެމެރިކާއިން ގެންގުޅޭ "ޓެރަރިސްޓުންގެ ބްލެކް ލިސްޓް"އަށް ހަމާ ޖަމާއަތުގެ ތިން މީހަކު އިއްޔެ އިތުރު ކޮށްފި އެވެ. އިތުރު ކުރި ތިން މީހުންގެ ތެރޭގައި އިޒްރޭލުން މީގެ ކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ ދެ...

09 Sep 2015 | 03:19

އެމެރިކާއިން ގެންގުޅޭ "ޓެރަރިސްޓުންގެ ބްލެކް ލިސްޓް"އަށް ހަމާ ޖަމާއަތުގެ ތިން މީހަކު އިއްޔެ އިތުރު ކޮށްފި އެވެ.

އިތުރު ކުރި ތިން މީހުންގެ ތެރޭގައި އިޒްރޭލުން މީގެ ކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ ދެމީހަކުވެސް ހިމެނެ އެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވާގޮތުން ޓެރަރިސްޓުންގެ ބްލެކްލިސްޓަށް އަލަށް އިތުރު ކުރި ތިން މީހުންނަކީ ޔަހްޔާ ސިންވާރު ކިޔާ މީހަކާއި ރޯހީ މުސްތަހާ ކިޔާ މީހުންގެ އިތުރުން ހަމާސްގެ މިލިޓަރީ ކޮމާންޑަރު މުހައްމަދު ދީފް އެވެ.

ހަމާސްގެ ތިން މީހެއްގެ އިތުރުން ލުބުނާނުގެ ހަނގުރާމަވެރިއަކުވެސް އެ ލިސްޓުގައި އެމެރިކާއިން ވަނީ އަލަށް ހިމަނާފަ އެވެ. ސާމިރު ކުންތާރު ކިޔާ މީހަކު ހިމަނާފައިވަނީ އިޒްރޭލުގެ ކުޑަކުއްޖަކުވެސް ހިމެނޭގޮތަށް ބަޔަކު މެރިކަމަށް ބުނާ މައްސަލައިގަ އެވެ.

ކުންތާރު އަކީ އެ މައްސަލައިގާ އިޒްރޭލުން ހައްޔަރުވެސް ކުރި މީހެކެވެ. ނަމަވެސް ގައިދީން ބަދަލު ކުރުމުގެ ޕްރޮގްރާމެއްގައި 2008 ވަނަ އަހަރު އިޒްރޭލުން ކުންތާރު ދޫކޮށްލި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް