އަރަބި ކޯލީޝަނުން ޔަމަނުގައި ދިން ހަމަލާއެއްގައި އިންޑިއާގެ 20 މީހަކު މަރުވެއްޖެ

ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ސައުދީ އިސްވެ އޮވެ އެކުވަލާފައިވާ އަރަބި ކޯލީޝަނުން ޔަމަނުގައި ދިން ހަމަލާއެއްގައި އިންޑިއާއަށް ނިސްބަތްވާ 20 މީހަކު މަރުވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ހަމަލ...

09 Sep 2015 | 02:59

ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ސައުދީ އިސްވެ އޮވެ އެކުވަލާފައިވާ އަރަބި ކޯލީޝަނުން ޔަމަނުގައި ދިން ހަމަލާއެއްގައި އިންޑިއާއަށް ނިސްބަތްވާ 20 މީހަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާގައި މަރުވި އިންޑިއާގެ 20 މީހުންނަކީ ޔަމަނުގެ ޕޯޓެއްގައި ތެލުގެ ވަގު ވިޔަފާރި ކުރުމުގައި އުޅުނު ބައެކެވެ.

އިންޑިއާގެ 20 މީހަކު މަރުވެފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނާއިރު އިއްޔެގެ ހަމަލާތަކުގައި ޔަމަނުގެ އާންމުންގެ 15 މީހަކު މަރުވި ކަމަށް ޔަމަނުގައި ހޫތީންގެ ބާރު އޮންނަ ސަނާ ނޫސް އޭޖެންސީން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ސައްހަ ހަބަރެއްކަމާމެދު މުރާސިލުން ސުވާލު އުފައްދަ އެވެ.

ހޫތީންނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގާ ދެމުން އަންނަ ހަމަލާތައް އަރަބި ކޯލީޝަނުން ވަރުގަދަކޮށްފައި މިވަނީ މިދިޔަ ހަފްތާގައި ހޫތީން ދިން ހަމަލާއެއްގައި އަރަބި ކޯލީޝަންގެ 40 މީހަކު މަރުވުމާއި ގުޅިގެންނެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ ސިފައިންގެ 25 މީހަކާއި، ސައުދީއަށް ނިސްބަތްވާ ސިފައިންގެ 10 މީހެއްގެ އިތުރުން ބަހްރޭނަށް ނިސްބަތްވާ ސިފައިންގެ ފަސް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް