50 ލަނޑާއެކު ރޫނީ ރެކޯޑް މުގުރާލައިފި

ޔޫރޯ 2016ގެ ކޮލިފައިންގައި ރޭ ސްވިޒެލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 84 ވަނަ މިނެޓުގައި އިންގްލެންޑަށް ރޫނީގެ 50 ވަނަ ގޯލް ކާމިޔާބުކޮށްގެން އިންގްލެންޑަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގ...

09 Sep 2015 | 02:40

ޔޫރޯ 2016ގެ ކޮލިފައިންގައި ރޭ ސްވިޒެލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 84 ވަނަ މިނެޓުގައި އިންގްލެންޑަށް ރޫނީގެ 50 ވަނަ ގޯލް ކާމިޔާބުކޮށްގެން އިންގްލެންޑަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ރެކޯޑު ރޫނީ ހޯދައިފިއެވެ.

ރެކޯޑް މުގުރާލި މެޗް ކާމިޔާބު ކުރުމަށްފަހު އައިޓީވީ އަށް ދިން އިންޓަރވިއު އެއްގައި ރޫނީ ބުނެފައިވަނީ އުމުރުން 30 އަހަރު ވުމުގެ ކުރިން މި ރެކޯޑް މުގުރާލެވޭނެ ކަމަށް ހުވަފެނުންވެސް ނުދެކޭ ކަމަށާއި މިރޭ ވަރަށް ފަހުރުވެރިވާކަމަށެވެ.

އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑް ގެ ކެޕްޓަން ރޫނީ މީގެ ކުރިން މި ރެކޯޑް ދަމަހައްޓަމުން އައި ސަރ ބޮބީ ކާރލްޓަންގެ 49 ލަނޑުގެ ރެކޯޑައި ރުނީ އެއްވަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ސަރ ބޮބީ ކާރލްޓަންގެ ރެކޯޑް މުގުރާލުމުން އޭނަ ބުނެފައިވަނީ އަތުން ރެކޯޑް ގެއްލުމުން ނުތަނަވަސް ވިކަމުގައިވިޔަސް އުފާވަނީ އެންމެ ލޯބިވާ ކްލަބް އަދި ގައުމުގެ ކެޕްޓަން ރޫނީ މި ރެކޯޑް ހެދިކަމުގައިވާތީއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ވެބްސައިޓްގައި ކާރލްޓަން ވަނީ ރޫނީ އަށް މަރުހަބާ ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް