ކަންފަތުން ފްލައިޓެއް ދަމާލައިގެން ޔޫކޭގެ ރައްޔިތަކު ވޯރލްޑް ރެކޯޑެއް ހަދައިފިއެވެ.
ބިރުކުޑަކަމަށް މަޝްހޫރުވެފައިވާ ޖޯނީ ސްޓްރޭންޖް ވޯރލްޑް ރެކޯޑް ހަދާފައިވަނީ އެންމެބަރު އެއްޗެއް ތޮރުފާފައިވާ ކަންފަތަކުން ދަމާލިކަމުގެ ރެކޯޑެވެ. ދަގަނޑު ކަންފަތުގެ ލަގަބު ދީފައިވާ ޖޯނީ ވަނީ 677.6 ކިލޯ ހުރި ސެސްނާ 172 ޕީ މަރުކައިގެ އެއާރކްރާފްޓެއް 20.4 މީޓަރަށް ކަންފަތް ބޭނުންކޮށްގެން ދަމާލާފައެވެ.
މިއީ ޖޯނީގެ އަށްވަނަ ވޯރލްޑް ރެކޯޑެވެ. މީގެ ކުރިން ޖޯނީ ހަދާފައިވާ އާދަޔާ ހިލާފު ރެކޯޑުތަކުގެ ތެރޭގައި ތޮރުފާފައިވާ ކަންފަތް ބޭނުން ކޮށްގެން އެންމެ ބަރު އެއްޗެއް އުފުލި ކަމުގެ ރެކޯޑާއި އަނގައިގެ ތެރޭގައި ބަހައްޓައިގެން އެންމެ ގިނަ އާފަލު ކަރަންޓު ކީހަކުން ފެޅިކަމުގެ ރެކޯޑުގެ އިތުރުން މޮހަރު ޖަހާފައި އޮތް ފިލާގަނޑެއްގެ މަތީގައި އޮވެ، އެންމެ ގިނަ ކަރާ ބަނޑުމަތީގައި ބާއްވައިގެން ފެޅި ރެކޯޑްވެސް ހިމެނެއެވެ.
މުޅިންވެސް އާދަޔާ ހިލާފު ވޯރލްޑް ރެކޯޑްސްތައް ހަދާ ބިރުކުޑަ ޖޯނީ ބުނެފައިވަނީ އަހަރެން އަބަދުވެސް ގަބޫލުކުރަނީ ނުކުރެވޭނެކަމެއް ނޯންނާނެކަމަށް ކަމަށާއި އަބަދުވެސް ގަޔާވަނީ އާދަޔާ ހިލާފު ކަންކަން ކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް