އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ހަވީރުގެ ވަގުތެއްގައި ޖައިޝަންކަރު ރާއްޖެވަޑައިގެންނެވުމުން ރަތް ދޫލައިގައި ޖައިޝަންކަރަށް މަރްޙަބާ ދެންނެވީ ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ވަޒީރު މޫސާ ޒަމީރެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ތިން ދުވަހު ދަތުރުފުޅެއްކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ޖައިޝަންކަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލުކުރައްވާނޭ ކަމަށާއި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާކުރާނެކަމުގައިވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް