މިއަދު މާލޭ ރަސްފަންނަށް މޫދަށް ދިޔަ ބައެއްގެ އަތްދަބަސް ވަގަށްނަގައިގެން މާލެތެރޭގައި އުޅުނު ދެމީހަކު ހޯދައި ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ލަކީ ހައުސް، އުމުރުން 36 އަހަރުގެ ޞަފްވާން ޢަލީ އާއި ގއ. ވިލިނގިލި، ޒިއުރިކްވިލާ، އުމުރުން 40 އަހަރުގެ ޙަސަން ތަޢުފީޤެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިއަދު ހެނދުނު 10:50 ހާއިރު މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ރަސްފަންނަށް މޫދަށް އެރި އުޅުނު ބައެއްގެ އަތްދަބަސް ގަސްތައް ކައިރީގައި ބާއްވާފައި އޮއްވާ ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބުނެވެ.
"ދަބަސް ވަގަށްނެގި މީހުން ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، އެމީހުން ހޯދުމަށް ކުރި މަސައްކަތުން މަޖީދީމަގު، ދިލްބަހާރު މަގު ގުޅޭ ހިސާބުން 11:50 ހާއިރު އެމީހުން ހައްޔަރުކޮށް ރަސްފަންނުން އެމީހުން ވަގަށްނެގި އަތްދަބަސް ވަނީ ހޯދާފައި" ފުލުހުން ބުނެފައިވެއެވެ.
އަތްދަބަހާއި އޭގައި އޮތް ދެ ފޯނާއި އެހެނިހެން ތަކެތި މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް