ރައްޔިތުންގެ މަޖިލީސް ރައީސް އަބްދުރަހީމް އަބްދުﷲ އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރަތް ދޫލައިގެ މަރްޙަބާއެއް ދަންނަވައިފިއެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޤާސިމް އިބްރާހިމް ރަތް ދޫލައިގެ މަރްޙަބާއެއް ދަންނަވާފައިވަނީ ޤާސިމްއާއި ބައްދަލު ކުރެއްވުމަށް އދ. މާމިގިއްޔަ ވަޑައިގަތުމުންނެވެ.
އަދި މަރަހުބާ ކިއުއްވުމަށް މާމިގިލީ އެއަޕޯޓްގެ ވެރިންނާ ޖޭޕީގެ މަމިގިލީ މެމްބަރުން ވަނީ ބައިވެރި ވެވަޑައިގެންނެވި ކަމަށާއި ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެވުނު ވަކިކަމެއް އަދި މައުލޫމާތު ލިބިފައި ނުވާތީ އެމައުލޫމާތު ލިބުމުން ހާމަކުރާނެކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް