ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް (އަދުރޭ) ރައީސް އިބޫ އަރިހަކު އިލްތިމާސް ނުކުރައްވާކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
" އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިން ލޯންޗަށް އަރުވާފަ މާލެ ގެންނަކަން ތިމަންނަ މެންނަށް އެނގުނު އިރު ތިމަންނަމެން ތިބީ ރައީސް އޮފީހުގައޭ" ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން ދޫކުރަން ބޭނުން މީހުން ކޯޓު ތަކުތެރޭއިން މިހާރު ޕީޖީ ލައްވާ ރައީސް ޑރ މުއިއްޒު ދޫކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ހައި ކޯޓުގައި މައްސަލަ އޮތް އިރު އެއަށް ނުފޫޒު ފޯރުއްވި މީހުންނާއި، މައްސަލަ ލަސްކުރުވި މީހުންނާއި، ހައި ކޯޓުގެ ފަޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުންނާއި، ޕީޖީ އޮފީހުގެ މީހުން ތިން ހަތަރު ޖަލްސާއަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން ހައި ކޯޓުގައި މައްސަލަ ނުބެލި ދިޔައީ ޕީޖީ މީހުން ނައިސްގެން ކަމަށެވެ. އަދި އެކަން ކުރިވި މީހުންނާއި ހުރިހާ އެއްޗެއް ރައީސް ޔާމިން އަށް އެނގި ވަޑައިގަންނަވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުންނާއި، ޕާޓީގެ އިސް ސަފުންނާއި އެ މައްސަލަ ލަސްކުރުމަށް ގުޅީ ކޮން ބައެއް ކަން އެނގޭ ކަމަށް ވެސް ޔާމިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވިދާޅުވީ، އެ ބޭފުޅުން ބޭނުންވެލެއްވީ ރައީސް ޔާމިން ޖަލުގަ ބާއްވައިގެން އިންތިހާބަށް އެބޭފުޅުން ބޭނުން ބޭފުޅަކު ނެރެން ކަމަށް ވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.
" އެތާ ތިބަ މީހުންނަކީ އިހުލާސްތެރި މީހުންނެއް ނޫން. އެތާ އެތިބި މީހުންނަކީ ސިޔާސީ ވަކި މަސައްކަތެއްގައިި އަޅުގަނޑާ އެކީ އުޅުނު މީހުން. އިހުލާސްތެރިމީހުންނެއް ނޫން އެއިކީއެއް. އެތާ އެތިބަ އެންމެން ނަށް އެނގޭނެ އަޅުގަނޑު ޖަލުގައި ބޭއްވީ، އަދި އެކަން ކުރަން ފަޑިޔާރުންނަށް ފޯނު ކުރިއިރު ކައިރީގައި ތިބީ ކޮންބައެއް ކަން ވެސް އެމީހުންނަށް އެނގޭނެ. އަދި އެމީހުންނަށް އެނގޭކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް އެނގޭ ގުޅީ ކޮންބައެއް ކަން. " ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ޖަލުގައި ބޭއްވީ ރައީސް ޑރ މުއިއްޒު ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް ވިދާޅުވެވުނީ، އެއީ ހަމަ ރަގަނޅު ވާހަކައެއް ކަމަށްވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމިން ވިދާޅުވީ އެއީ ﷲ މެދުވެރިކުރެއްވި ވަރުގަދަ އިއްތިފާގެއް ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް