މިއަދު މިސްކިތްތަކުގައި އިވިގެން އެ ދިޔައީ ރާއްޖޭގެ ތާރީޚުގައި ކަނބަލަކު ލިޔުއްވި ފުރަތަމަ ޚުޠުބާ !

މިއަދު މިސްކިތްތަކުގައި އިވިގެންދިޔަ ހުކުރު ޚުޠުބާއަކީ ތާރީޚުގައި އަންހެން ބޭފުޅަކު ލިޔުއްވި ފުރަތަމަ ޚުޠުބާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ފާހަގަކުރައްވައިފިއ...

09 Aug 2024 | 09:55

މިއަދު މިސްކިތްތަކުގައި އިވިގެންދިޔަ ހުކުރު ޚުޠުބާއަކީ ތާރީޚުގައި އަންހެން ބޭފުޅަކު ލިޔުއްވި ފުރަތަމަ ޚުޠުބާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ފާހަގަކުރައްވައިފިއެވެ.

މިކަން ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ޝަހީމްކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ޚުޠުބާއަކީ ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ޚުޠުބާ ކަމަށެވެ.

އޭގެ އިތުރުން މިއަދުގެ ޚުޠުބާގެ އިސްލާމީ މަރުކަޒުގައި ހުރި ޓީވީތަކަށް ލައިވް ޓްރާންސްލޭޓެޑް ސަބްޓައިޓަލް މިއަދު އެރުވި އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖުން ކުރި ލައިވްގައިވެސް ލައިވް ޓްރާންސްލޭޓެޑް ސަބްޓައިޓަލްސް އެރުވުނު ކަމަށެވެ.

މިއަދުގެ ޚުޠުބާ ލިޔުއްވާފައިވަނީ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފެވެ. އެ ވުޒާރާގެ ވަޒީރުގެ ނައިބުގެ މަޤާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމުގައެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ޢާއިލީ ގުޅުން ދެމެހެއްޓުން" މި މަޢުލޫއެވެ.

ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށާއި ޢާއިލާގެ އެކި ފަންތީގެ ގުޅުންތަކާއި، ގުޅުންތަކާ ގުޅިގެން އަދާކުރަން ޖެހޭ ޙައްޤުތަކާއި ވާޖިބުތަކުގެ މައްޗަށް ޚުޠުބާގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް