ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ – އާދީއްތައިން ފެށިގެން ފަސް ދުވަހަށް މޫސުން ވަރަށް ގޯސް

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ވަރަށް ގޯސްވާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެ...

09 Aug 2024 | 09:28

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް މޫސުން ވަރަށް ގޯސްވާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ނެރުނު މޫސުމީ ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވާގޮތުގައި 11 އޯގަސްޓް ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރުމަށްވެސް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް