ބައި ލައްކަ ރުފިޔާގެ މުސާރައަކާއެކު، މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެގޮތުން އިއްޔެ އެމްއެމްއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ޚިދުމަތް ކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށްދިއުމަށް ޝައުޤުވެރިވާ މީހުން ބޭނުންވާކަމަށާއި އެ ވަޒީފާތަކކީ ދެ ޖިންސުގެ މީހުނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާތަކެއް ކަމަށެވެ.
މެނޭޖިން ޑިރެކްޓަރުން ހޯދަން އިޢުލާނުކޮށްފައިވާ ފަސް ދާއިރާ
މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
- ފައިނޭޝަލް ސްޓެބިލިޓީ
- ބޭންކިންގ އޮޕަރޭޝަންސް
- ކޯޕަރޭޓް ސަރވިސަސް
- ފައިނޭންޝަލް ސެކްޓަރ ޑެވެލޮޕްމަންޓް
އެ އިއުލާނުގައިވާގޮތުގައި މަގާމުގެ މުސާރައާއި އިނާޔަތްތަކގެ ގޮތުގައި 50 ހާހާއި 55 ހާހާއި ދެމެދުގެ އަދަދެއްގެ މުސާރައެއް ލިބޭނެއެވެ.
ސީވީއާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީކާޑު ކޮޕީގެ އިތުރުން ރެފެރެންސް ލިޔުންތަކާއިއެކު ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް