އިންޑިއާގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގަންނަވާނެ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅ...

09 Aug 2024 | 05:44

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވާގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު ދެ ޤައުމުގެ މެދުގައި މަޝްވަރާކުރާނެކަމުގައި އިންޑިއާއިން ބުނެފައިވެއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފުރަތަމަ ދައުރުގައިވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަންކުރައްވާފައިވާ ޖައިޝަންކަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރާއްޖެއަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ވަޑައިގެންފައިވެއެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ މި ދަނޑިވަޅަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ގޯސްވި ގުޅުން ރަނގަޅުވަމުން އަންނަ ދަނޑިވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް