މިރޭ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ ތާއީދު އޮތް ވަރެއް ސަރުކާރަށް މިހާރު އެނގޭތޯ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންތިހާބުތަކަށް ވޯޓު ލާން ނިކުންނަ އަދަދުން ރައްޔިތުން ދަނީ ބަސް ބުނަމުންްްްާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑަށް އެނގޭ ބޭރުގެ މިސާލެއް ނަގާއިރަށް މިބޭފުޅުން ވިދާޅުވާނެ ތިއެއް މިތަނަކަށް އެޕްލައިއެއް ނުވާނޭ، އެ ހަމަ ބޮކަކަށް ވެސް ބޮއް އިންނަ ވަޅު ނޫން ތަނެއް ނުފެންނާނެ. އެއީ މިކަން މި ވާގޮތަކީ،ބަގްލަދޭޝްގައި ކަމެއް ވާގޮތެއް މިތަނަކު ނުވާނޭ، އެކަމު އެހެނެއް ނޫނެ،ރައްޔިތުންގެ ޝުއޫރު ހަމަ އެގޮތަށްށޭ ހުރީ" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އެ ލިމިޓަށް ދިޔުމާއި ނުދިޔުމަކީ ތަފާތު ކަމެއް ކަމުގައެވެ.
އަދި ރާއްޖޭގައި އެ ހިސާބަށް ނުދާނޭ ބުނާނީ ކިހިނެއްތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
"ކިހިނެއްތޯ ރާއްޖޭގައިި އެހިސާބަށް ނުދާނޭ ބުނާނީ؟ ރާއްޖޭގަ ކިހިނެއްތޯ ވީ ރައީސް ނަޝީދުގެ ވެރިކަމުގައި؟ ހަމަ ފުލުހުންނާއި ސިފައިނާއި އެންމެ ފަހުން ގޮތް ދޫކޮށްލާފަ ދުރަށް ދިޔައީ. އެހެންމަ ﷲ ކަމެއް މެދުވެރި ކުރައްވަން ހުރިއްޔާ އެއަށް ހަމަ އަންނާނީ ހަމަ ކުޑަ ހިނދުކޮޅެއް. އެއީ އަޅުގަނޑުމެން އެއަށް ބަސް ބުނަންވީ ކަމެއް ނޫން. އެއީ އަޅުގަނޑުމެން އެއިން އިބުރަތެއް ހާސިލް ކުރަންވީ ކަމެއް" ރައީސް ޔާމިން ވިދާޅުވިއެވެ.
މިރޭ ޕީއެންއެފް ޖަލްސާގައި ވަނީ ސަރުކާރާ ގުޅިގެން ވަރަށް ގިނަ ވާހަކަތައް ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް