ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދު ކުޅުުދުއްފުށި ޕީޕިއެމް ޖަގަހަޔަށް ޒިޔާރަތް ކުރައްވައިފިއެވެ.
ޑިމޮކްރެޓްސްއިން ދަނީ ކުޅުދުއްފުށީގައި ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ.
އެގޮތުން ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ޑިމޮކްރެޓްސްގެ މެމްބަރުން ކުޅުދުއްފުށީ ޕީޕީއެމް ޖަގަހަޔަށް ވަންނައިރު ޖަގަހައިގައި ދެތިން މީހަކު ތިބެއެވެ. އަމްރު އެ މީހުންނާ ސަލާމް ކުރައްވައި ވާހަކަ ދައްކަވާތަން ވީޑިއޯއިން ފެނެއެވެ.
އެކަމާ ހިތްހަމަނުޖެހި ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅުކުރި މީހަކު ބުނީ، ޕީޕިއެމް މެމްބަރުން 'އެ މަކަރުގައި' ނުޖެހެން އިލްތިމާސް ކުރާ ކަމަށެވެ.
އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލައި، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުވާލި މީހުން ކަމަށް ޕީޕިއެމް ސަޕޯޓަރުން ތުހުމަތު ކުރެއެވެ.
މިފަހުން ޑިމޮކްރެޓްސްއިން ޕީޕިއެމްއަށް ވަރަށް ބޮޑަށް ތާއީދު ކުރާކަން ހާމަވެއެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲޔާމީން އަބްދުލްގައްޔޫމު ޖަލުން ނެރޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ، ޔާމީނާ މެދު ކަންތައް ކުރި ގޮތާމެދު ކަންބޮޑުވެލައްވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 273 މީހުން ހިމެނޭކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ މައްސލަައި ޔާމީނު މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖުގައި ބައިވެރިވެލައްވާނެ ކަމަށާއި މަގުތަކަށް ނުކުންނަވާނެ ކަމަށެވވެ.
އެ މައްސަލައިގައި ޖަލުގައި އޮންނެވި ކުރީގެ ރައީސް ޔާމީނު ޖަލުން ސަލާމަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް ޔާމީނު މިނިވަން ކުރުމަށް ގޮވާލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް