މަތީތައުލީމަށް ގާސިމް އިބްރާހިމް ދެއްވި ހުރިހާ ލޯނެއް މާފުކޮށްދީފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ތައްޔާރު ކޮށްފައިވާ މެނިފެސްޓޯއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ލެނޑިޑޭޓް ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ހަރަދުގައި އެތައް ހާސް ކުދިންނަކަށް މަތީ ތައުލީމު ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
ވިލާ ފައުންޑޭޝަނުން ނުވަތަ ގާސިމުގެ ހަރަދުގައި ކިޔެވުމަށް ލޯނު ނަގާފައިވާ ފައިސާގެ އަދަދު ބިލިއަނަކާ ގާތްކުރާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް މާފުކޮށްދީފި ކަމަށެވެ.
ގާސިމް ވަނީ، ވެރިކަން ލިބިވަޑައިގެންފިނަމަ ސަރުކާރުގެ ސްޓޫޑެންޓް ލޯނު މާއުކޮށްދީ، މާސްޓާސްއާ ހަމަޔަށް ހިލޭ ކިޔަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންތައްތަކާމެދު ގާސިމް ވަނީ ވާހަކަ ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް