ވެރިކަން ލިބިއްޖެނަމަ، ސްޓޫޑެންޓް ލޯނު މާފުކޮށްދީ، މާސްޓާސްއާ ހަމަޔަށް ހިލޭ ކިޔެވޭނެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިއުލާނު ކުރުމަށްޓަކައި މ. ކުނޫޒުގައި މިހާރުު ކުރިއަށްދާ ޖަލްސާގައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ހުރިހާ ކުދިންނަށް ކިޔަވައިދެއްވާނީ ހިލޭ ކަމަށެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވެފައި ވަނީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތަސް ނުވަތަ ލިބިވަޑައި ނުގެންނެވިޔަސް، މަތީ ތައުލީމަށް އެމަނިކުފާނު ދެއްވާފައިވާ ހުރިހާ ލޯނެއް މާފުކޮށްދެއްވާނެ ކަމަށެވެ.
ވިލާ ފައުންޑޭޝަނުން ނުވަތަ ގާސިމުގެ ހަރަދުގައި ކިޔެވުމަށް ލޯނު ނަގާފައިވާ ފައިސާގެ އަދަދު ބިލިއަނަކާ ގާތްކުރާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެ ހުރިހާ ކުދިންގެ ހުރިހާ ފައިސާއެއް މާފުކޮށްދީފި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް